logoEN
Sto top
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ

އަހުމަދު ޝުރާއު

logo

8/11/2025, 7:42:39 AM

# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ

-

ނަމޫނާ ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އިސް ދަނޑުވެރިންގެ ތަމްރީނުކުރަން ފަށައިފި އެވެ.

Wamco

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްއިން ނަމޫނާ ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުންގެ ގޮތުގައި ނުވަތަ އިސް ދަނޑުވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޮވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ، އިސް ދަނޑުވެރިންގެ ތަމްރީނުތައް ފަށާފައިވާ ކަމަށެވެ.

އެގޮތުން 18 ދަނޑުވެރިންނާއި އެ ވުޒާރާގެ ފީލްޑް މުވައްޒަފުން ހިމެނޭ ގޮތައް ޖުމްލަ 28 ބައިވެރިންނާއިއެކު ފެށުނު ތަމްރީނަކީ ދެބުރަކަށް ބަހާލެވިގެން ކުރިއަށްދާނެ ތަމްރީނުތަކެއް ކަމަށާއި މިގޮތުން 10-17 އޮގަްސްޓަށް ފުރަތަމަ ބުރު އަދި 25-30 އޮގަސްޓަށް ދެވަނަ ބުރު ކުރިޔަށް ގެންދެވޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ.ލީޑް ފާމަރުން ތަމްރީނު ކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައި ގަސް ހައްދާއިރުގަ އަދި ބިމުގައި ގަސްހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުމެވެ. މިގޮތުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވައިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރުމެވެ.

އަދި އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، މިނިސްޓްރީގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއި އެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ދަނޑުބެލެހެއްޓުމުގައި ނުވަތަ ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC