
މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ޓަކައި އިންސާނީ ވަސީލަތްތަކަށް ބޭނުންވާ ހުނަރާ ޤާބިލިއްޔަތު އުފެއްދުން މުހިންމު - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު-
މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ޓަކައި އިންސާނީ ވަސީލަތްތަކަށް ބޭނުންވާ ހުނަރާ ޤާބިލިއްޔަތު އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ސިޓީސް މިނިސްޓްރީގެ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް، ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ނަމުގައި އިއްޔެ މެންދުރުފަހު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ފެއްޓި، ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައެވެ.
ޕްރޮގްރާމު ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި، މި ފަދަ ޕްރޮގްރާމްތަކަކީ ހުއްޓުމެއް ނެތި ހިންގަން ޖެހޭ ޕްރޮގްރާމްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ފަދަ ޕްރޮގްރާމެއްގެ ނަތީޖާއަކަށް ވާންވީ ދަސްވާ އެއްޗެއްގެ ބޭނުން ހިފައި ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރެއް ހިންގުމުގައި ސިވިލް ސަރވިސް މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ އަދި ނަތީޖާ ނެރުމުގައި އެންމެ މުހިންމު މަސައްކަތްތައް ކުރައްވާ ފަރާތް ކަމަށެވެ.
މި ޕްރޮގްރާމް ރާވާ ހިންގަވާކަމަށް ޓަކައި ސިވިލް ސަރވިސް ކޮމިޝަނާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ މުވައްޒަފުން ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.
އިއްޔެ ފެށުނު މި ޕްރޮގްރާމުގެ ސެޝަންތައް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ސެޝަންތައް ކުރިއަށްދަނީ މެންދުރުފަހުގައެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އަންނަނީ މުވައްޒަފުން ތަމްރީންކުރުމަށް ޓަކައި ތަފާތު ޕްރޮގްރާމުތައް ރާވާ ހިންގަމުންނެވެ.
ގުޅުންހުރި

ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ - އާދަމް ޝަރީފް

މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ޓަކައި އިންސާނީ ވަސީލަތްތަކަށް ބޭނުންވާ ހުނަރާ ޤާބިލިއްޔަތު އުފެއްދުން މުހިންމު - އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ - އާދަމް ޝަރީފް
.jpg&w=3840&q=75)