
އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު-
ކަނބަލުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ މިއަދު މެންދުރު ދަންފަޅީގެ ދަސްވެނިވުމުގެ ޙަފުލާގައި ދަރިވަރުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެ ޙަފުލާގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން 90 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އެ ކަމަށް މަރުޙަބާ ކިޔުއްވަމުން އެ މަނިކުފާނު ވިދާޅުވީ ގިނަ ޢަދަދެއްގެ ކަނބަލުން ދަސްވެނިވެގެން ދިޔުމަކީ އަންހެނުން ބާރުވެރިކުރުމުގެ އަލިގަދަ ހެއްކެތް ކަމަށެވެ.
އޭގެ ސަބަބުން ދިވެހިރާއްޖޭގައި އަންހެނުންގެ ކުރިމަގު އުޖާލާވާނެ ކަމުގެ އުންމީދު ލިބިވަޑައިގަންނަވައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކަނބަލުންނަށް އަދިވެސް ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް އިތުރުކުރައްވަން ޖެހޭ ކަމަށެވެ.
މިއަދުވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ދިވެހި މުޖުތަމަޢުގައި އަދިވެސް ކަނބަލުންނަށް އޮންނަން ޖެހޭ އިތުބާރާއި އެ ބޭފުޅުންގެ ޤާބިލުކަމާ ދޭތެރޭގައި ކުރީންސުރެ ވެސް އަށަގެންފައި ހުރި ކަންތައްތައް ދެނެގަތުމަށް ޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ޓަކައި އެންމެ ޤާބިލު ބައެއްގެ ގޮތުގައި ފެންނާނީ ދަސްވެނިވެގެން ނިކުންނަވައި ބޭފުޅުންގެ ތެރެއިން ކަނބަލުންކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގުޅުންހުރި
-1770016002726.webp&w=3840&q=75)
އިންތިހާބުތަކުން ތަޅުއެޅުވިފައި އޮތުން ނިންމަން ދެ އިންތިހާބު އެއްކޮށްލަން ޖެހޭ: އާދަމް ޝަރީފް

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކުގައި މަސްދަޅުކޭސް ބަހަން ފެށޭނެ: އާދަމް ޝަރީފް

ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: އާދަމް ޝަރީފް





