
ޔަހޫދީންގެ އަނިޔާވެރިކަމުގެ ތެރޭގައި ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި، ހައިހޫނު ކަމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 11 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަލްޖަޒީރާއިން ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި ޣައްޒާގެ ހޮސްޕިޓަލްތަކުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގެ ސަބަބުން 11 މީހަކު މަރުވެފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.
ހައިހޫނުކަމުގެ ޣައްޒާއިން މިހާތަނަށް ދުނިޔޭ ދޫކުރި މީހުންގެ ޖުމުލަ އަދަދު 212 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 98 ކުޑަކުދިން ހިމެނޭކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.
އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ކާބޯތަކެތި ހުސްވެ ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި، ރަނގަޅު ކާނާ ނުލިބިގެން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ފެށުމާއިއެކު ގިނަ ބަޔަކު އަންނަނީ މި ކާރިސާއިން ޣައްޒާ ސަލާމާތްކުރުމަށް ގައުމުތަކަށް ބާރު އެޅުމަށް ގޮވާލަމުންނެވެ. ވަކީން ޚާއްސަކޮށް ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކާއި ދެކޮޅަށް އަޑު އުފުލަމުން އައި ނަމަވެސް މި ކާރިސާއަށް ނިމުމެއް އަންނަ މަންޒަރު އަދި ނުފެނެއެވެ.
ދެ މިލިއަނަށް ވުރެ ގިނަ މީހުން އުޅޭ ޣައްޒާގެ އާބާދީއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ލިބޭނެ މަގުތައް ބަންދުކޮށްފައި ބޭއްވިތާ ގިނަ ދުވަސްތަކަށްފަހު "ނަމަކަށް" އެހީ ވައްދަން ކަމަށްބުނެ އިޒްރޭލުން ދަނީ މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެގޮތުން ޔަހޫދީންގެ ސިފައިން އިސްވެ ތިބެ ހިންގާ ކާބޯތަކެތި ބަހާ ތަންތަނުގައި ވެސް ދަނީ މީހުން ގިނަވުމުން ބަޑީގެ ހަމަލާތައް ދީ މީހުން ޝަހީދުކުރަމުންނެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

ޣައްޒާއިން މިއަދު ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް!
