
ޓްރަމްޕާއި ބައްދަލުކުރަން ފުރަމުން ނަތަންޔާހޫ ބުނީ ހަމާސް ނައްތާލާފައި ނޫނީ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްނުވާނެ ކަމަށް!
# ޣައްޒާޣައްޒާއިން ހަމާސްގެ ހަނގުރާމަވެރިން "ނައްތާލާފައި" ނޫނީ ހަނގުރާމަ ހުއްޓާނުލާނެކަން އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައިމިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުއާއި ބައްދަލުކުރުމަށް އެމެރިކާއަށް ފުރުމުގެ ކުރީން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި އެވެ. އެގޮތުން ޓްރަމްޕު އާއި ނަތަންޔާހޫގެ ބައްދަލުވުމުގައި ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫ އަށް މަޖުބޫރު ވެގެންދާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައި އެވެ.
ދަތުރަށް ފުރުމުގެ ކުރިން ނިރުބަވެރި ނަތަންޔާހޫ ބުނީ ޣައްޒާގައި ހަމާސްގެ ދިރުން ހުރިހާ ހިނދަކު އިސްރާއީލުން ހަނގުރާމަ ހުއްޓާލަން އެއްބަސްނުވާނެ ކަމަށެވެ. އަދި އެފަދަ ނިންމުމަކަށް އިސްރާއީލުން ރުހުން ނުދޭނެ ކަމަށާއި ހަމަލާތައް ހުއްޓާލެވޭނީ ހަމާސް " ނައްތާލެވުނު" ދުވަހަކުން ކަމަށް ނަތަންޔާހޫ ވަނީ ބުނެފައި އެވެ.
ހަމާސް ޖަމާއަތާ ނުސީދާ ކޮށް މަޝްވަރާ ކުރުމަށް އިޒްރޭލުން ވަނީ ގަތަރުގެ ވެރިރަށް ދޯހާއަށް މަޝްވަރާއަށް މިއަދު ޓީމެއް ފޮނުވާފައި އެވެ. ދޯހާގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ތާވަލުކުރީވެސް ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރާއި ގުޅުވައި އެވެ.
މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ހަމަލާބަދަލުކުރުންތައް ހުއްޓާލުމަށް ޓްރަމްޕު ނަތަންޔާހޫއަށް މަޖުބޫރު ކުރުން ގާތެވެ. ސަބަބަކީ އިރާނާއި އިސްރާއީލާއި ދެމެދު ހިނގި ހަމަލާބަދަލުކުރުންތަކުގައި އިރާނުން އިސްރާއީލުގެ ދިފާއީ ނިޒާމުތައް ވަރަށް ބޮޑަށް ބަލިކަށިކޮށްފައި ވުމާއި ޣައްޒާއަށް ހަމަލާދިނުމަށް އިސްރާއީލުގެ އަސްކަރީ ގާބިލުކުރަން އިތުރުކުރެވުމުގެ ބާރު އޮތީ ޓްރަމްޕުގެ އަތުގައި ކަމަށް ވުމެވެ. މިގޮތުން އެމެރިކާއިން އިސްރާއީލަށް އަސްކަރީ އެހީ ދޭ ނަމަ އިސްރާއީލަށް އެމެރިކާގެ އަމުރައް ތަބާވުން ނޫން ގޮތެއް ނެތުމެވެ.
ޓްރަމްޕު ފާއިތުވި ހަފްތާގެ ތެރޭގައި ވަނީ ހަމަލާތައް ހުއްޓާލުމާއި މެދު މި ހަފްތާގައި ރަސްމީކޮށް ގޮތެއް ނިންމިގެންދާނެ ކަމަށް ބުނެފައި އެވެ.
ގުޅުންހުރި

ޓްރަމްޕާއި ބައްދަލުކުރަން ފުރަމުން ނަތަންޔާހޫ ބުނީ ހަމާސް ނައްތާލާފައި ނޫނީ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްނުވާނެ ކަމަށް!

ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 139 އަށް!
