logoEN
Sto top
ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

އަހުމަދު ޝުރާއު

logo

7/29/2025, 4:17:39 PM

# ޣައްޒާ

ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފި ނަމަ ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނަން ނިންމާފައިވާކަން އިނގިރޭސިވިލާތުން ހާމަކޮށްފި އެވެ.

Wamco

ޣައްޒާގެ ހާލަތު ރަނގަޅު ކުރުމަށް އިސްރާއީލުން އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތެއް އެގައުމުން ބަލައިގަންނާނެ ކަން ރަސްމީކޮށް އިއުލާނުކުރެއްވީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އެވެ.

"ޣައްޒާގެ ނުރައްކާތެރި ހާލަތު ނިމުމަކަށް ގެނައުމަށް އިސްރާއީލު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ހުޅަނގު އައްސޭރީގައި އެއްވެސް ހިފެހެއްޓުމެއް ނޯންނާނެކަން ހާމަކޮށް، ދެ ދައުލަތުގެ ހައްލެއް ހޯދައިދޭ ދިގު މުއްދަތުގެ ސުލްހައިގެ މަރުހަލާއަކަށް ވައުދުނުވަނީސް، އދ.ގެ އާންމު މަޖިލީހުގެ ކުރިން، ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ " އިނގިރޭސިވިލާތުގެ ކެބިނެޓުގައި މިއަދު ބޮޑުވަޒީރު ކީރް ސްޓާމަރ މިކަން ހާމަކުރެއްވީ މިފަދައިން ކަމަށް އިނގިރޭސިވިލާތުގެ މީޑީއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ސްޓާމަރ މިގޮތަށް ނިންމަވާފައި މިވަނީ ޔޫރަޕްގެ އެހެން ލީޑަރުންނާއެކު އެކުލަވާލާފައިވާ ސުލްހައިގެ އާ ޕްލޭނާއި ޣައްޒާއަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ހޫނު މޫސުމުގެ ޗުއްޓީގައި ކެބިނެޓް އަނބުރާ އެއްކުރުމަށްފަހުގައި އެވެ.

މިނިންމުން ނިންމާފައި މިވަނީ ޣައްޒާގައި މިހާރު ހިނގަމުންދާ ބަނޑުހައިހޫނުކަމުގެ މައްސަލައާ ގުޅިގެން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް އޭނާގެ ލޭބާ ޕާޓީން ސްޓާމަރއަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުންވެސް ވަނީ އަންނަ ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC