
ފަސޭހަކަމާއެކު އައްކަން ބަލިކޮށް ރުއްދަށް އެސްސީ އިން ފެށުން ރަނގަޅުކޮށްފި
# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2025އާރުއެސްސީ އާއި އައްކަން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
ދ.ކުޑަހުވާދޫގައި މިހާރު ކުރިއަށްދާ "ކުޑަހުވަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2025" ގެ ފިރިހެން ޑިވިޝަން ގުރޫޕް އެކެއްގައި އައްކަން އާއި ރުއްދަށް ސްޕޯޓްސް ކުލަބު (އާރުއެސްސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން މޮޅުވެ އާރުއެސްސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާރުއެސްސީ އިން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާރުއެސްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އާރުއެސްސީ އިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި އައްކަން އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އާރުއެސްސީގެ އަބްދުލް ޚާލިގް އަހުމަދު، ހާރޫން އިބްރާހިމް އަދި ހުސެއިން އައިހަމް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އައްކަންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޝާރިފް ޚަލީލް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއެސްސީގެ ހާރޫން އިބްރާހިމް އެވެ.
8 އޮގަސްޓް 2025 އިން 17 އޮގަސްޓް 2025 ގެ ނިޔަލަށް، ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ތަފާތުބޮޑު ނަތީޖާއަކުން ޑްރީމް އެފްސީ ބަލިކޮށް ރުއްދަށް އެސްސީ ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު އެޓޭކް އެޓޭކް އެޓޭކް ބަލިކޮށް ގުޅުން ކަންމަތި ފައިނަލުން ޖާގަ ހޯދައިފި

ޓާފް ކުއީންސް ބަލިކޮށް ލީގު ބުރުގެ އެއްވަނަ މާވަހި ސްޕޯޓްސް ކުލަބުން ކަށަވަރުކޮށްފި





