logoEN
Sto top
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ - އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ - އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

8/7/2025, 5:56:46 AM

# އާދަމް ޝަރީފް އުމަރު

-

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރ މިހެން ވިދާޅުވީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މިނިސްޓަރ ކުރެއްވި މި އެކްސް ޕޯސްޓްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ މައިގަނޑު އެއް އަމާޒަކީ ކައުންސިލްތަކަށް ޙަޤީޤީ ބާރުތައްދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެއްދެވުން ކަމަށް ވިދާޅުވެފައި ވެއެވެ.

އެ ގޮތުން މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ފަޅުރަށްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ދެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ކަންކަން ނިންމަވައި ދެއްވުމަކީ މި ސަރުކާރުން ގެންގުޅޭ އާންމު ސިޔާސަތު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެކްސް ޕޯސްޓްގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައިވަނީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ކައުންސިލްތަކުން ހުށަހަޅައި ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކުގެ ހެތްކެއް ކަމަށެވެ.

މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީރާނާވެ، ބޭނުންނުކުރެވޭ ޙާލަތަށް ގޮސްފައިވާ 105 ކައުންސިލް އިދާރާ އަލުން އިމާރާތްކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިއީ ކައުންސިލްތަކަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދީ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރައްވަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރގެ އެކްސްޕޯސްޓް ނިންމަވައިލައްވާފައިވަނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމާއެކު، އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއްކަމަށް ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC