
-
ނޭޝަނަލް ކެރިޔަރސް ސަރވިސް (އެން.ސީ.އެސް)ގެ ފަރާތުން "އެމްޕަވަރިންގ ފިއުޗަރ ޕްރޮފެޝަނަލްސް: ކެރިޔާ ޕްރިޕެރޭޝަން"ގެ ނަމުގައި މާލެ ވޯޓަރ އެންޑް ސްވަރރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ)ގެ މުވައްޒަފުންނަށް ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި، ވަޒީފާގެ ރޮނގު ޚިޔާރުކުރުމާއި، ވަޒީފާގެ ދާއިރާގައި ކުރިއަރައިގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެޕްރެންޓެސްޝިޕް ފަދަ ތަމްރީނުތަށް މެދުވެރިކޮށް ހުނަރުވެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޢުލުމާތު ޙިއްސާކުރެވިފައެވެ.
މީގެ އިތުރުން، ވަޒީފާގެ މާހަޢުލުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އިންޓަވިއުއަށް ތައްޔާރުވުން ފަދަ މުހިއްމު މަޢުލޫތަކުގެ މައްޗަށް މި ސެޝަންގައި ވަނީ އަލިއަޅުވައިލެވިފައެވެ.
ނޭޝަނަލް ކެރިޔަރސް ސަރވިސް (އެން.ސީ.އެސް)ގެ ފަރާތުން ކުރިއަށްގެންދެވޭ މި ސެޝަންތަކަކީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން ކުރިއަށްގެންދާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓޭޑް ލޭބަރ ސަރވިސެސް (ސެއިލްސް)ގެ އެހީއައި ކުރިއަށްގެންދެވޭ ސެޝަންތަކެކެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން، ޒުވާނުންގެ ހުނަރުވެރިކަން އިތުވެގެންދިޔުމާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދުކުރިއެރުވމުގެ މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

އެން.ސީ.އެސްގެ ފަރާތުން "ކެރިޔާ ޕްރިޕަރޭޝަން" ސެޝަނެއް ބާއްވައިފި

އެމް.އެން.އެސް.ޑީ.އޭ އާއި ގުޅިގެން އެމް.ޕީ.އެލްގެ މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މަޝްވަރާބައްދަލުވުމެއް ބާއްވައިފި
