
-
ގދ ތިނަދޫގައި ހުންނަ ފަޔަރ ސްޓޭޝަނަށް ކޮންޓްރެކްޓް އުސޫލުން އޮގްޒިލަރީ ފަޔަރމަނުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން މިއަދު ކުރި އިއުލާނެއްގައި ވަޒީފާއަށް ހުޅުވާފައިވަނީ، 1 އޮގްޒިލަރީ ފަޔަރމަންގެ މަގާމެވެ. އަސާސީ މުސާރައެއްގެ ގޮތުގައި 4،465ރ ކަނޑައަޅާފައިވާއިރު، ސަރވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1،500 ރުފިޔާއެވެ. އޭގެ އިތުރުން މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި 1،450 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެ ކަމަށް މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.
މިމަގާމަށް ހޮވޭ ފަރާތްތަކުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭނީ ތިނަދޫ ފަޔަރ ސްޓޭޝަންގައެވެ. މިމަގާމަށް ހޮވޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ގްރޭޑް 8 ނިންމާފައިވުން، އިސްކޮޅު 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ސިއްހަތެއްގައިވާ މީހަކު ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ.
މީގެ އިތުތުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިންދޭ އިލްމީ އަދި އަމަލީ އިމްތިހާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
މިމަގާމަށް މީހުން ހޮވުމުގައި، ތިނަދޫގައި ދިރިއުޅުން ހަމަޖެހިފައިވާ މީހުންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރެއިނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށްވެސް މިނިސްޓްރީއިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މިމަގާމަށް ކުރިމަތިލައްވާ އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2025 އޮގަސްޓު 13 ވާ ބުދަ ދުވަހު 14.00 ގެ ކުރިން ގެ ކުރިން ޑިފެންސް މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް އެދިފައިވެއެވެ.
ގުޅުންހުރި

ތިނަދޫ ފަޔަރ ސްޓޭޝަނަށް އޮގްޒިލަރީ ފަޔަރމަނަކު ހޯދަނީ

ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކޮށްފި

ތިނަދޫ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
