
-
ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން ކުރިޔަށް ގެންދާ "ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ރާއްޖެއިން ހަތަރު ކުއްޖަކު ހޮވައިފި އެވެ.

ހުވާވޭ ކުންފުނީގެ ފަރާތުން ތަމްރީނު ހާޞިލުކުރުމަށް ހުޅުވާލެވުނު "ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމް އިފްތިތާޙްކުރުމުގެގޮތުން ވެރިރަށް މާލޭގައި ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައި އެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދު އެވެ.
"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ފްރޮގްރާމަކީ ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ އިން ތަމްރީނު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ބައިވެރިވުމަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ޕްރޮގްރާމަށް 4 ދަރިވަރުން ވަނީ ހޮވިފައެވެ.
"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ހޮވުނު ދަރިވަރުން:
1. ޒަޔާން އަބްދުﷲ ނާޒިލް- ވިލާ ކޮލެޖް
2. ޔޫސުފް އަޔާން މުސްތާގް- ވިލާ ކޮލެޖް
3. އިޔާން އަޒީޒް- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)
4. އަފާ އިސްމާޢިލް- ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް
މި ޙަފްލާގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ޗައިނާގެ އެމްބެސެޑަރ، ހިޒް އެކްސެލެންސީ، ކޮންގ ޒްޝިޔަންހުވާ، ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ޑައިރެކްޓަރ، ޗެން ކެޔަންގ އަދި ސީނަޔަރ ލޯކަލް ޕޮލިސީ އެންޑް އެޑްވޮކެސީ އެޑްވައިޒަރ، އާއިޝަތު ޝިފާނާ ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.
ގުޅުންހުރި

ރާއްޖޭގެ މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއިއެކު ފަހުމުނާމާއެއް!

ހުވާވޭގެ ސީޑްސް ފޮރ ދަ ފިއުޗަރ ޕްރޮޮގްރާމަށް ރާއްޖެއިން 4 ކުއްޖަކު ހޮވައިފި
-1744717357855.webp&w=3840&q=75)
ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށްދޭން މަޝްވަރާކުރަނީ
