
އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް އދގެ މަންދޫބާއިއެކު މަޝްވަރާކޮށްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
ދިވެހިރާއްޖެއަށް ކަޑައަޅުއްވާފައިވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒަންގ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާއި ބައްދަލުކުރައްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ރާއްޖެއަށް ކަޑައަޅުއްވާފައިވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒަންގ އދ. ގެ މައިގަނޑު އަސާސްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާގައި ޤައުމީ ތަރައްޤީއަށް އިސްކަންދޭ ކަންތައްތަކަށް އެހީތެރިވުމަށް އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެގޮތުން، އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ގުޅޭ އެކި މައްސަލަތަކާއި، ދައުލަތުގެ ޒިންމާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ހަމައެހެންމެ، މީގެ ތެރޭގައި އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށަށްދާ މިންވަރާއި، އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވަމުންދާ މައްސަލަ، އަދި ލީޑަރޝިޕް ދާއިރާތަކުގައި މިންތީގެ ހަމަހަމަކަން ނެތުމާއި، އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައި ކަމަށް އެވުޒާރާއިން މައުލޫމާތު ދެއެވެ.
ގުޅުންހުރި

އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް އދގެ މަންދޫބާއިއެކު މަޝްވަރާކޮށްފި

ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ
