
--
މާލޭގެ ރަސްފަންނުގައި ހުންނަ "ޕޮމެލޯ" ރެސްޓޯރަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ސިފައިން މިއަދު ބުނީ މާފަންނު ރަސްފަންނުގައި ހުންނަ ލެމަންގްރާސްގެ "ޕޮމެލޯ" ރެސްޓޯރަންޓުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް ލިބިފައި ވަނީ މިއަދު 12:14 ގައި ކަމަށެވެ.
އަދި އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާކަމަށްވެސް ސިފައިން ބުނެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަންވެސް ސިފައިން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން ސީދާ މެދުވެރިވިި ސަބަބެއް ސިފައިން ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި ރޯވި "ޕެމޮލޯ" ރެސްޓޯރެންޓަކީ މިހާރު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ރެސްޓޯރެންޓެކެވެ.
ގުޅުންހުރި

އަޑިޔަށް ދިޔަ ނަސްރު ބޯޓުގެ ބައެއް ތަކެތި އޮޔާދާތީވެ ސަމާލުވާން އެދެފި

ކޮޅުވެއްޓި ބަންޑުންޖަހާލުން: ދެވަނަ މީހެއްގެ ހަށިގަނޑުވެސް ކަނޑުގެ އަޑިން ނަގައިފި
.webp&w=3840&q=75)
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިފައިންގެ އިލްތިމާސް!
