
ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލ.ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.
އިޖްތިމާއީ ވުޒާރާއިން ބުނީ ލ އަތޮޅު ފޮނަދޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައިވެސް އެރަށުގެ ގިނަ އިސްރަށްވެހިންތަކެއް ބައިވެރިވެފައިވާ ކަމަށާއި އެފަރާތްތަކާއި އެކު އަގުހުރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށެވެ. އަދި އިސްރަށްވެހިންނަށް މުހިންމު ގިނަ މައުލޫމާތުތަކެއް ހިއްސާކުރެވިގެން ދިޔައެވެ.
ގުޅުންހުރި

އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް އދގެ މަންދޫބާއިއެކު މަޝްވަރާކޮށްފި

ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ
