
ތޮއްޑޫގައި 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
އަރިއަތޮޅު އުތުރުބުރި ތޮއްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ 'ހާލު ކިހިނެއް؟' ޓީމުން ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައިވަނީ ތޮއްޑޫ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާ އެކުގައެވެ.
އަދި މި ޕްރޮގްރާމްގެ ތެރެއިން ތޮއްޑޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ.
‘ހާލު ކިހިނެއް؟’ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ގުޅުންހުރި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ފަށައިފި

ނާދީތަކަކީ އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ މަރުކަޒުތަކެއް: ޒުހުރުބާން





