
-
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތ.ވޭމަންޑޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.
އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލް ބަދަލް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.
ގުޅުންހުރި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ފަށައިފި

ނާދީތަކަކީ އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ މަރުކަޒުތަކެއް: ޒުހުރުބާން





