logoEN
Sto top
'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

8/1/2025, 5:29:31 PM

# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

-

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހިންގާ 'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށައިފި އެވެ.

Wamco

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމު ފޭސް 1 ގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، އިއްޔެ އެ ވުޒާރާގައި ހުޅުމާލޭ ނެއިބަރހުޑް ޕޮލިސްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ،

އެގޮތުން މި ބައްދަލުވުމުގައި، ހުޅުމާލޭ ފޭސް-1 ގައި މި ޕްރޮގްރާމް ކުރިއަށްގެންދާއިރު ފުލުހުންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާމެދު މަޝްވަރާކޮށްފައި ވެއެވެ.

އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލޭގައި ފެށުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ތައްޔާރީތައްވެސް އެ ވުޒާރާއިން ދަނީ ފުރިހަމަކުރަމުންކަންވަނީ ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC