logoEN
Sto top
ނޯތު ހާބަރުގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވައިފި

ނޯތު ހާބަރުގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވައިފި

އަހުމަދު ޝުރާއު

logo

8/1/2025, 4:49:38 PM

# މިފްކޯ

--

މާލޭގެ ނޯތު ހާބަރުގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވައިފި އެވެ.

Wamco

މިއަދު ނޯތު ހާބަރުގައި އޮތް ރަސްމިއްޔާތެއްގައި މި ފިހާރު ރަސްމީކޮށް ހުޅުއްވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ރަޝީދެވެ. މިއީ މާލެ ސިޓީގައި މިފްކޯއިން ހުޅުވި 4 ވަނަ ފިހާރައެވެ.

މިފްކޯއިން ބުނީ މާލޭ ނޯތު ހާބަރުގައި ހުޅުވުނު މި ފިހާރައަކީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް، ވީހާވެސް ލުއިފަސޭހަގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުވުނު ފިހާރައެއް ކަމަށެވެ. އެގޮތުން މި ފިހާރައިން އާންމުކޮށް މިފްކޯގެ ފިހާރަތަކުން ލިބޭ ހުރިހާ ބާވަތްތަކެއްގެ މަހުގެ އުފެއްދުންތައް ލިބޭނެކަމަށްވެސް މިފްކޯއިން މައުލޫމާތު ދެއެވެ.

އެގޮތުން ތޮޔޮ މަސްދަޅާއި ފެން މަސްދަޅުގެ އިތުރުން ވަޅޯމަސް ފަދަ ތަކެތި ހޯލްސޭލްކޮށް އެފިހާރާއިން ލިބިގެންދާނެކަމަށްވެސް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯގެ މި މަސްފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަހާއި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC