
ޔަމަނުގެ ހޫތީން އިޒްރޭލަށް އަމާޒުކޮށް ވައިގެ ހަމަލާއެއް ފޮނުވާލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޔަމަނުން އިޒްރޭލުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާއެއް ދެނެގަނެވިފައިވާ ކަމަށާއި އެ ނުރައްކަލާ ކުރިމަތިލުމަށް ދިފާއީ ނިޒާމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޣައްޒާއާއި މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރަމުންދާ ގޮތުގައި ޔަމަނުން ރޮކެޓެއް ފޮނުވާލުމާ ގުޅިގެން ހިފާފައިވާ ގުދުސް އާއި ހިފާފައިވާ އަލް ނަކަބުގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނު ސަރަހައްދުގައި ވައިގެ ހަމަލާއެއްގެ ސައިރަންގެ އަޑުދަނީ އިވެމުންނެވެ.
މީގެ އިތުރުން ހިފާފައިވާ ހެބްރޮން ސިޓީގެ ދެކުނުގައި ހުންނަ އިސްރާއީލުގެ އާބާދީތަކުގައި އުޅެމުންދާ ޔަހޫދީންވެސް ބިންގަރާސްތަކަށް ވަންނަމުން އަންނަ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
އަދި މިހާތަނަށް މި ހަމަލާ ހުއްޓުވުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާއިރު ޔަހޫދީ އަސްކަރިއްޔާއިން ވެސް މި ހަމަލާ ހުއްޓުވާފައިވާ ކަމަށް ބުނެފައެއް ނުވެއެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް އިޒްރޭަލަށް ހުއްޓުމެއް ނެތް ހަމަލާތަކެއް ދެމުންދާ މެދު އިރުމަތީގެ ޖަމާއަތަކީ ހޫތީންނެވެ. އެގޮތުން މިފަހަކަށް އައިސް ހޫތީން އިޒްރޭަލަށް ދޭ ހަމަލާތައް އަމާޒަށް ވާސިލްވަމުން އަންނަ އިރު އިޒްރޭލުން ދަނީ އިރާނުން ހޫތީންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ.
ގުޅުންހުރި

ހޫތީންގެ ރޮކެޓު ހަމަލާއެއް އިޒްރޭލަށް!

އިސްރާއީލާއި ގުޅުން އޮތް އިތުރު ބޯޓަކަށް ހޫތީން ހަމަލާދީފި

ޔަމަނަށް ދިން ހަމަލާތަކުގެ ބަދަލުގައި ހޫތީން އިސްރާއީލަށް ހަމަލާދީފި: 11 ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކުރި!
