.jpg&w=3840&q=75)
ބާސްކެޓު އެސޯސިއޭޝާއިއެކު ބީއެމްއެލްއިން 5 އަހަރު ދުވަހުގެ އެއްބަސްވުމެއް: އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް އެހީވާނެ!
# ބީއެމްއެލް# ބާސްކެޓްބޯލް އެސޯސިއޭޝަން--
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިވެދޭނެ ކަމަށެވެ. މިއެރީނާ ވެގެންދާނީ ބާސްކެޓް ބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސް އަށް ޚާއްސަކުރެވިފައިވާ ތަނަކަށެވެ.
އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމުގައިވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް 3 އޮން 3 ލީގަށްވެސް މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއާއެކު ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވި، މުޅި ރާއްޖޭގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ބޭންކެއްގެ ހައިސިއްޔަތުން، ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއާއެކު އެއްބަސްވުމަކީ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.
" މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރެއެރުވުމަށް ބޭންކުންދޭ އަހުމިއްޔަތުކަން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިޔުން." ޝަރީފް ވިދާޅުވިއެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ އެސޯސިއޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި ކަމަށެވެ.
" މި އެއްބަސްވުމާއެކު އަޅުގަނޑުމެންގެ އެތުލީޓުންނަށްވެސް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ." އޭނާ ވިދާޅުވިއެވެ.
ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކާއި ދެމެހެއްޓެނިވި މަޝްރޫއުތަކާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ގުޅުންހުރި

އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ!

އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސްގެ ބޭންކިންގ ޕާޓްނަރއަކަށް ބީއެމްއެލް!

ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރަށް އެދި ހުށަހެޅުމަށް ބީއެމްއެލުން ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި

.gif&w=3840&q=75)



