
-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ސްޓްރެޓީޖިކް މުހިންމު އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

ޖުމްލަ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާ ގޮތަށް ގާއިމުކުރި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޒުވާން އަދި އުންމީދީ ނެޓްބޯޅަ ކުޅުންތެރިންގެ ހުނަރުތައް ބޭނުންތެރި މައިދާނެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެންމެ ފޯރިގަދަ ދެ މުބާރާތް ކަމަށްވާ ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްގެ މައިގަނޑު ސްޕޮންސަރެއްގެ ގޮތުގައި ބޭންކުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެޓްބޯޅަ ކުޅިވަރުގެ ފެންވަރު މަތިކޮށް، ގައުމީ ޓީމުތަކަށް ބޭނުންވާނެ ފަދަ ހުނަރުވެރި ކުދިން ބިނާކުރުމަށްޓަކައި އެ އެސޯސިއޭޝަނުން ގަވާއިދުން ބާއްވާ އެންމެ ބޮޑު ދެ މުބާރާތެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު ކުޅިވަރު ހަރަކާތްތަކަށާއި ރާއްޖޭގެ ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތަކާއި ހުނަރުތައް ތަރައްގީކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިވަމުންނެވެ. އެގޮތުން ބީއެމްއެލްގެ އެހީތެރިކަން ލިބޭ ބޮޑެތި މުއައްސަސާތަކުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސަރފިންގ އެސޯސިއޭޝަން އަދި ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީވެސް ހިމެނެއެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، ޤައުމީ ބޭންކުން ލިބުނު މި ތިން އަހަރުގެ ދިގު މުއްދަތުގެ އެހީތެރިކަމުގެ ސަބަބުން، މުބާރާތްތަކުގެ ފެންވަރު ކުރިއަށްވުރެ ބޮޑަށް ރަނގަޅުކޮށް، އަތޮޅުތެރޭގެ ސްކޫލްތަކަށްވެސް މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރެވިގެންދާނެއެވެ. ބީއެމްއެލްއިން ބުނީ ރާއްޖޭގެ އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކުގެ "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށެވެ.
ގުޅުންހުރި

ބީއެމްއެލުން ނެޓްބޯލް އެސޯސިއޭޝަނާއެކު 3 އަހަރުގެ ބޮޑު ޕާޓްނަރޝިޕެއް!

ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގ 'CCC-' ގައި ކަނޑައަޅައި، އައުޓްލުކް 'ސްޓޭބަލް' ކޮށްފި

ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން، މައްސަލަ ދިމާވާނަމަ އަންގާލަދީ - ބީއެމްއެލް




