logoEN
WAMCO TOP 1
ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން، މައްސަލަ ދިމާވާނަމަ އަންގާލަދީ - ބީއެމްއެލް

ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން، މައްސަލަ ދިމާވާނަމަ އަންގާލަދީ - ބީއެމްއެލް

އަހުމަދު ޝުރާއު

logo

6/5/2026, 11:15:01 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް، އޭގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ޑޮލަރުގެ ތާށިކަމާ ހެދި ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް (ޑެއިލީ ފޮރިން ސްޕެންޑް ލިމިޓް) ކަނޑައަޅައިފައެވެ. އެ ބޭންކުން އެޅި މި ފިޔަވަޅާއެކު، އެކި ބޭރުގެ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފީތައް ނުދެއްިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް ދުވަހު ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް ބޭންކުން މަނާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް ކަސްޓަމަރުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިފަދަ މައްސަލަތައް ބޭންކުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ ބޭންކަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށްވެސް ވަނީ އެދިފައެވެ.

މި ހަފުތާގެ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑުތަނުން ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބީއެމްއެލްއިން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC