
ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އެފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ގިނަ ސަރަހައްދުތަކަކަށް އަރަން ފަށައިފި
# އެމެރިކާރަޝިޔާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާއިއެކު އެފުދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ގިނަ ސިޓީތަކަށް އަަރަމުން އަންނަކަން އަލްޖަޒީރާއިން ރިޕޯޓުކޮށްފި އެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެސޯސިއޭޝަން އާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ކެލިފޯނިއާގެ މޮންޓެރޭއަށް ސުނާމީގެ ފުރަތަމަ ރާޅުތައް ފެނިފައި ވަނީ އެގައުމުގެ ގަޑިން 12:48 ގައެވެ. މިއާއިއެކު މޮންޓެރީ ހާބާ، ބްރޭކްވޯޓާ ކޯވް އަދި ވަށައިގެންވާ ސަރަޙައްދުތަކަށް މީހުން ހުސްކުރުމުގެ އަމުރެއް ނެރެފައި އެވެ.
މީގެ އިތުރުން ސުނާމީ ފުރަތަމަ ރަޅު ކެލެފޯނިއާގެ ސެން ފްރެންސިސްކޯ އާއި ވޮޝިންގޓަންގެ ސިއެޓަލްއަށް ވެސް މިހާރު އަރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާތަނަށް އެމެރިކާގައި ސުނާމީ އިންޒާރު ނެރެފައިވާ ސަރަހައްދުތައް:
- ކެލިފޯނިއާ - ކެލިފޯނިއާގެ ކޭޕް މެންޑޯސިނޯއިން ފެށިގެން އޮރެގަން އާއި ކެލިފޯނިއާއާ ދެމެދު އޮންނަ ބޯޑަރާ ހަމައަށް އޮންނަ ގޮނޑުދޮށް
- ކެލިފޯނިއާ - ކެލިފޯނިއާ/ މެކްސިކޯ ބޯޑަރުން ފެށިގެން ކެލިފޯނިއާގެ ކޭޕް މެންޑޮސިނޯއާ ހަމައަށް އޮންނަ ގޮނޑުދޮށް، އޭގެ ތެރޭގައި ސެން ފްރެންސިސްކޯ ބޭ ވެސް ހިމެނޭ
- އޮރެގަން - އޮރެގަން/ކެލިފޯނިއާ ބޯޑަރުން ފެށިގެން އޮރެގަން/ވޮޝިންޓަން ބޯޑަރާ ހަމައަށް ފެތުރިފައިވާ ގޮނޑުދޮށް، ކޮލަމްބިއާ ކޯރުގެ ގޮނޑުދޮށް ވެސް ހިމެނޭ
- ވޮޝިންޓަން - އޮރެގަން/ވޮޝިންޓަން ބޯޑަރުން ފެށިގެން ސްލިޕް ޕޮއިންޓާއި، ކޮލަމްބިއާ ކޯރުގެ އައްސޭރިފަށާއި، ޖުއާން ޑި ފުކާ ކަނޑުއޮޅިގެ އައްސޭރިފަށް
- ބްރިޓިޝް ކޮލަމްބިއާ - އުތުރުގެ އައްސޭރިފަށާއި، ސެންޓްރަލް ކޯސްޓް އަދި އިރުއުތުރު ވެންކޫވާ އައިލެންޑް، ހުއާން ޑި ފުކާ ކަނޑުއޮޅިގެ އައްސޭރިފަށުގެ ވެންކޫވާ އައިލެންޑްގެ ހުޅަނގު އައްސޭރިފަށް
- ސައުތު އަލަސްކާ އެންޑް ދަ އެލަސްކާ ޕެނިންސިއުލާ - ޕެސިފިކް ގޮނޑުދޮށްތައް ޗިގްނިކް ބޭ، އެލަސްކާ އިން އުނިމަކް ޕާސް، އަލަސްކާ (އުނަލަސްކާގެ 80 މޭލު [130 ކިލޯމީޓަރު] އެންއީ)
- އެލެއުޓިއަން އައިލެންޑްސް - އުނިމަކް ޕާސް، އަލަސްކާ (އުނަލަސްކާގެ އިރު އުތުރުން 80 މޭލު [130 ކިލޯމީޓަރު] ) އިން އަޓު، އަޓު، ޕްރީބިލޯފް އައިލެންޑްސް ވެސް ހިމެނެ
ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާ ކައިރިއަށް މިއަދު ހެނދުނު އައި 8.8 މެގްނިޓިއުޑްގެ ބިންހެލުމަކީ މިފަހަރަކުން ދުނިޔޭގައި ރެކޯޑުކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ ރާޅުތަކުގެ އަސަރު ރަޝިއާ އާއި ޖަޕާނަށް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އެފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ގިނަ ސަރަހައްދުތަކަކަށް އަރަން ފަށައިފި

މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތު - ޓްރަމްޕު

އުދީދު ބޭސްއަށް ދިން ހަމަލާގެ ބަދަލުހިފުމަށް އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ޓްރަމްޕު ނުގެންގުޅޭ - ނިއުޔޯކްޓައިމްސް
