
-
ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖަޕާނު ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފައިމިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރުން ޖަޕާނުގެ ބޮޑުވަޒީރަށް ފޮނުއްވި ޚާއްސަ ދައުވަތަކާއި ގުޅިގެންނެވެ.
އެގޮތުން ރޭ ރާއްޖެ ވަޑައިގެންނެވީ ޖަޕާނު ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު އަދި ޕާލަމެންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އިކުއިނާ އަކިކޯ އެވެ. ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީއަށް ރާއްޖޭގެ މައި އެއާޕޯޓުން މަރުހަބާ ދެންނެވީ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އެވެ.
މިއަދު މާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތަކާއި މިރޭ ރާއްޖޭގެ މައި އެއާޕޯޓު ވީއައިއޭގެ އައުޓާމިނަލް ހުޅުވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު އަބްދުالله ހަލީލްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއްވެސް ކުރައްވާނެކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި
ކާރިސާ ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ޖަޕާނުން އެންޑީއެމްއޭ އަށް ހަދިޔާކޮށްފި

ޖަޕާނުގެ އެހީގައި މާލޭގެ ފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަނީ!
އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި




