logoEN
PNC TOP 3
ޖަޕާނުގެ އެހީގައި މާލޭގެ ފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަނީ!

ޖަޕާނުގެ އެހީގައި މާލޭގެ ފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަނީ!

އަހުމަދު ޝުރާއު

logo

2/24/2026, 10:27:11 AM

# ރާއްޖެ - ޖަޕާން

-

ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރުމަށް މަޝްރޫއެއް ގެންދަން ނިންމައިފި އެވެ.

PNC MID 2

ސަރުކާރުން އިއްޔެ ހާމަކުރި ގޮތުގައި ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 02 ގެ އެއްބަސްވުމުގައި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަން އާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން މާލޭގައި ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުމާއި 16 ޕަންމްޕް ސްޓޭޝަން މޮނިޓަރ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއް ޤާއިމްކުރުމުގެ އިތުރުން ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުން ހިމެނެއެވެ.

މި އެއްބަސްވުމަކީ 247,000,000.00 (ދުއިސައްތަ ސާޅިސް ހަތްމިލިޔަން ) ޖަޕަނީޒް ޔެންގެ އެއްބަސްވުމެކެވެ. 487 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖޮއިންޓް ވެންޗަރ އޮފް އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް އެންޑް ޔަޗިއޯ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މިސްޓަރ މަކޯޓޯ ޔޮކޮށީ، އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC