
-
ޖަޕާން ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކުރައްވައިފިއެވެ.

ޖަޕާން ސަރުކާރުގެ "ގްރާންޓް އެއިޑް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކުރުމަށް އިއްޔެ ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި އެވެ.
ސީ އެމްބިއުލާންސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގަމީ ރުމިކޯއެވެ.
ދިފާއީ ވުޒާރާއިން ބުނީ ރާއްޖޭގެ ސީ އެމްބިއުލާންސް ފްލީޓަށް އިތުރު ކުރެވުނު މި އުޅަނދުގެ ސަބަބުން، އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.
ގުޅުންހުރި

ޖަޕާނުގެ އައު ސަފީރު އިޝިގާމީ ރުމިކޯ، ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ޖަޕާނާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ސަފީރު މަހްލޫފު، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި




