logoEN
WAMCO TOP 1
ކާރިސާ ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ޖަޕާނުން އެންޑީއެމްއޭ އަށް ހަދިޔާކޮށްފި

ކާރިސާ ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ޖަޕާނުން އެންޑީއެމްއޭ އަށް ހަދިޔާކޮށްފި

ޖަޒްލާ މުހައްމަދު

logo

4/26/2026, 11:29:01 AM

# ރާއްޖެ - ޖަޕާން# އެންޑީއެމްއޭ

ކާރިސާ ހާލަތްތަކަށް އެހީތެރިކަމަށް ޖަޕާނު ސަރުކާރުން އެންޑީއެމްއޭ އަށް ސާމާނުތައް ހަދިޔާކުރުމުގެ ހަފްލާގެ ތެރެއިން- ފޮޓޯ: އެންޑީއެމްއޭ

ކާރިސާ ހާލަތްތަކުގައި ބޭނުންކުރާ ސާމާނުތައް ޖަޕާނު ސަރުކާރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފި އެވެ.

THE TRAVELLER AD

މި ތަކެތި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އެންޑީއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މި ސާމާނުތައް އެންޑީއެމްއޭއާ ޖަޕާނު ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. އަދި އެންޑީއެމްއޭގެ ފަރާތުން މި ސާމާނުތަކާ ހަވާލުވެފައިވަނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އެވެ.

އެންޑީއޭމްއޭ އިން ބުނީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މި ތަކެތީގެ އަގު 4.3 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 66.3 މިލިޔަން ދިވެހި ރުފިޔާ އަރާ ކަމަށެވެ. އަދި މިތަކެތި ފެންބޮޑުވާ ހާލަތްތަކާއި އަލިފާނުގެ ކާރިސާތަކުގައި ރަށްރަށަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

undefinedކާރިސާ ހާލަތްތަކަށް އެހީތެރިކަމަށް ޖަޕާނު ސަރުކާރުން އެންޑީއެމްއޭ އަށް ހަދިޔާކޮށްފައިވާ ބައެއް ސާމާނުތައް- ފޮޓޯ: އެންޑީއެމްއޭ

ކާރިސީ ހާލަތްތަކުން އަރައިގަތުމަށް އެންޑީއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ޖަޕާނު ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމަށް އެންޑީއެމްއޭއިން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC