logoEN
WAMCO TOP 1
ޗައިނާ ސަފީރު، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާ ސަފީރު، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަހުމަދު ޝުރާއު

logo

7/24/2025, 9:08:59 AM

# ޗައިނާ - ރާއްޖެ

-

ޗައިނާއިން ދިވެހިރާއްޖެއަށް ޢައްޔަންކުރައްވާފައިވާ އައު ސަފީރު ކޮންގ ޝިއަންހުއާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަފީރަށް މަރުޙަބާ ދަންނަވައި، ވުޒާރާއަށް ޒިޔާރަތްކުރެެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެއާއެކު ވަޒީރު ވަނީ އިސްލާމީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ތަޢާރަފެއް ދެއްވާފައެވެ.

ޗައިނާ ސަރުކާރުން ރާއްޖެއާމެދު އަބަދުވެސް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި އިނގިރޭސިވިލާތުގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރުވަނީ ވުޒާރާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC