
-
މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ޗައިނާއާއެކު މުހިންމު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރީ ބެއިޖިންގައި ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި އެވެ.
އެގޮތުން ރާއްޖެއާއި ޱައިނާއާއި ދެމެދު ހައުސިންގ ޔުނިޓުތައް ތަރައްޤީކުރުމަށް ކުރި މަޝްވަރާތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި މިހާރު ވަނީ ދެޤައުމުން ސޮއިކޮށްފައެވެ. "މިނިޓްސް އޮފް ދަ މީޓިންގ"ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން ވަނީ މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިންގ ޔުނިޓު ޤާއިމުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލޭގައި ސޯޝަލް ހައުސިންގ ޔުނިޓު އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވެފައިވަނީ އިންޓްރެސްޓަކާއި ނުލައި ދޭ އެހީގެ ގޮތުގައެވެ.
ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން އިތުރު ބައްދަލުވުމެއްވެސް ބާއްވާފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ. މިބައްދަލުވުމުގައި މިމަޝްރޫޢުތައް ޔަޤީންކަމާއެކު ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިނިސްޓަރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
-1781172054177.webp&w=3840&q=75)
ޗައިނާގެ ބޮޑު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމްގެ ގޮވާލެއްވީ ސަރަޙައްދީ ސުލްޙައަށް އެންމެން ގުޅެން!

ޗައިނާ ސަފީރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި




