.jpg&w=3840&q=75)
ރައީސްގެ ދަތުރުފުޅުން ފާހަގަކުރެވުނީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް ބާރު އަޅުއްވާކަން!
# އާދަމް ޝަރީފް އުމަރު-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ފާހަގަކުރެވުނީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް ބާރު އަޅުއްވާކަން ކަމަށް ސިޓީތަކާއި ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަަށް ރޭވިފައި ހުރި މަޝްރޫޢުތަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް ބާރު އަޅުއްވާކަން ކަމަށެވެ.
އަދި މިއީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ބާރުއަޅުއްވާ މިންވަރު ހާމަވާކަމެއް ކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިމަގުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަފުހޫމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނަޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަން ޔަޤީންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނ އަތޮޅަށް ކުރައްވާމުން ގެންދާވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރު އާދަމް ޝަރީފްވެސް ބަައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

ރައީސް މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުން - އާދަމް ޝަރީފް

ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި މުހިންމު ދަންމަރެއް - އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމު - އާދަމް ޝަރީފް
-1719987487082.webp&w=3840&q=75)




