
އެމް.އެން.އެސް.ޑީ.އޭ އާއި ގުޅިގެން އެމް.ޕީ.އެލްގެ މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ-
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ދެމެދު އެމް.ޕީ.އެލްގެ މުވައްޒަފުން ތަމްރީނުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ސީ.އީ.އޯ، ޑރ.ޒަހްރާ މުޙައްމަދެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޕޯޓް ޓްރެއިނިންގ ސެންޓަރގެ ޗީފް ލަރނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ، އާއިޝަތު ޝިމްލާއެވެ.
މި އެއްބަސްވުމަކީ އެމް.އެން.އެސް.ޑި.އޭ އަދި އެމް.ޕީ.އެލް އިން ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) ގެ ދަށުން ޕޯޓް ޓެރެއިނިންގ ސެންޓަރުގައި އެމް.ޕީ.އެލްގެ މުވައްޒަފުން ތަމްރީނުކުރުމަށް އަމާޒުކޮށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ރެޒިލިއަންޓް ވޯކްފޯސްއަކަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަކީ ސަރުކާރުގެ މި ސިޔާސަތަށް ޢަމަލުކުރުމުގެގޮތުން، ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދޭ އެކި އިދާރާތަކާއި ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާއަށް ނިކުންނަ ދިވެހި ޒުވާނުންނަކީ ހުނަރާއި ޤާބިލްކަމުން ފުރިގެންވާ ޒުވާނުންނަށް ހެދުމަށް ތަމްރީނުގެ ފެންވަރު ކަނޑައެޅުން ފަދަ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެކެވެ.
ގުޅުންހުރި

އެން.ސީ.އެސްގެ ފަރާތުން "ކެރިޔާ ޕްރިޕަރޭޝަން" ސެޝަނެއް ބާއްވައިފި

އެމް.އެން.އެސް.ޑީ.އޭ އާއި ގުޅިގެން އެމް.ޕީ.އެލްގެ މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މަޝްވަރާބައްދަލުވުމެއް ބާއްވައިފި
