logoEN
Sto top
މާލެ ސިޓީގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ ސިޓީގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

7/22/2025, 5:50:15 PM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

Wamco

ކައުންސިލަށް ގައު ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ވާނީ، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، ހުށަހެޅި ފަރާތުގެ ނަމާއި، ޢިއުލާން ނަންބަރު އެނގޭހެން ބަޔާން ކުރުމަށްފަހުއެވެ.

މި ކަމާ ގުޅޭ އިތުރު މައުލުމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އަށް މެއިލް ކުރުމަށް ވަނީ ކައުންސިލުން އެދިފައެވެ.

މާލޭގެ މަގުތަކުގެ އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ މިހާރު ވެސް ކުރަމުންނެވެ. މި މަސައްކަތްތަކަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ހުޅުވާލާފައިވަނީ، މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، މެދުނުކެނޑި ކުރިއަށްގެންދިއުމުގެ ގޮތުންނެވެ.

މާލެ ސިޓީގެ މޭޔަރު ކަމާ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގެންނެވި ފަހުން، މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވައި، ސިޓީގެ ކަންކަން ރަނގަޅު ކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މި މަސައްކަތްތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ރައްޔިތުން ފާހަގަކުރެއެވެ. މަގުތައް މަރާމާތު ކުރުމަކީ ވެސް މޭޔަރުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްދާ އެއް މަސައްކަތެވެ. މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް މޭޔަރު އަބަދު ވެސް އިސްކަން ދެއްވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC