logoEN
WAMCO TOP 1
ކުޑަފަރީގެ ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ ބިންގާ އަޅައިފި

ކުޑަފަރީގެ ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

7/22/2025, 12:25:37 PM

# ނ. ކުޑަފަރި

-

ނ ކުޑަފަރީގެ ކުނި މެނޭޖްކުރާ ސެންޓަރެއް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން އައު މަރުކަޒުގެ ބިންގާ އަޅައިފި އެވެ.

THE TRAVELLER AD

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޑަފަރީގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު އެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި އެވެ. އެގޮތުން މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އެވެ.

ކުނި މެނޭޖްކުރުމުގެ އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފައިއެވެ.

ކޮމެންޓް
ފަހުގެ
HDC