
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ޖިއޯ ބޭގަށް ވެލި އެޅުމުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމެޕްނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ, ކުޑަފަރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ޖިއޯ ބޭގް ގެ ދެވަނަ އަދި އެންމެ ފަހު ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވި, ޖިއޯ ބޭގަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 17.57 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ގުޅުންހުރި

ކުޑަފަރީގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި
ފެކްޓްޗެކް: އަމީނީމަގު މަރާމާތު ފެށުމުގެ ކުރިން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް އެމްޓީސީސީން ހާމަކުރި

އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން ފެތުރި ޚަބަރު އެމްޓީސީސީން ދޮގުކޮށްފި




