
ކުޑަފަރީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްަކަތް ނިމިއްޖެ
# އެމްޓީސީސީ# ނ. ކުޑަފަރި--
ނ ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ކުޑަފަރީ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ ދަށުން ޖިއޯބޭގްއަށް ވެލިއަޅާފުރުމުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޖިއޯބޭގް ޖެހުމުގެ 21 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.
އަދި މުޅި ޖުމްލަ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން އެކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މި މަޝްރޫޢަކީ 17.57 މިލިއަން ރުފިޔާގެ މަޝްރޫޢެއްއެކެވެ.
ގުޅުންހުރި

ކުޑަފަރީގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި
ފެކްޓްޗެކް: އަމީނީމަގު މަރާމާތު ފެށުމުގެ ކުރިން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް އެމްޓީސީސީން ހާމަކުރި

އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން ފެތުރި ޚަބަރު އެމްޓީސީސީން ދޮގުކޮށްފި




