
-
ނިއުޖެނެރޭޝަން ފިޝިން ވެސެލް ޑިޒައިންކުރުމަށް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ހަރަދަށް ވޯލްޑް ބޭންކުން ފައިނޭންސިންގ ހަމަޖެހިފައިވާތީ ލިބޭ ފައިސާގެ ބައެއް ކޮންސަލްޓިން ސާވިސަސްގެ ދަށުން ފައިސާ ދެއްކުމަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ޕްރޮޖެކްޓުގެ ދަށުން “ކޮންސަލްޓެންސީ ފާމް ފޯރ ޑިޒައިން ނިއު ޖެނެރޭޝަން ފިޝިންގ ވެސެލް” އަށް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ،
ޝަރުޠު ހަމަވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލަފައެވެ.
ނިއު ޖެނެރޭޝަން ފިޝިންގ ވެސެލް ނުވަތަ ޒަމާނީ ވަސީލަތްތަކާއި އެކު މަސްވެރިކަމުގެ އުޅަނދުތައް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
ގުޅުންހުރި

ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމް ފަށައިފި

ހުޅުމާލެ ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަހުން ނިންމާލެވޭނެ - ޝިޔާމް

އައު އީޖާދީ ވަސީލަތްތަކުން މުޅި ސާކް ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުވާނެ - މުއްޠަލިބް




