.jpg&w=3840&q=75)
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބްރަޔާން އެމްބުއޭމޯ ޔުނައިޓެޑަށް ސޮއިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާ ޔުނައިޓެޑްބްރަޔާން އެމްބުއޭމޯ
ޕްރެމިއާ ލީގުގެ ބްރެންޓްފޯޑަށް ކުޅެމުންއައި ކެމަރޫންގެ ފޯވާޑް، ބްރަޔާން އެމްބުއޭމޯގެ ސޮއި މެންޗެސްޓަރ ޔުނައިޓެޑުން ހޯދައިފިއެވެ.

އުމުރުން 25 އަހަރުގެ ފޯވާޑް ޔުނައިޓެޑަށް ސޮއިކުރީ 75 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ އެޑް އޮންސްގެ ގޮތުގައި ޔުނައިޓެޑުން ދިނުނަށް އެއްބަސްވި ފަސް މިލިއަންއަން ޕާއުންޑާއެކުގައެވެ. އަދި މިއަދަދު ބްރެންޓްފޯޑަށް ދެއްކުމަށް ޔުނައިޓެޑުން އެއްބަސްވެފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.
މީގެ އިތުރުން މިއެއްބަސްވުމުގެ މުއްދަތު 2030 ވަނަ އަހަރު ހަމަވުމުން ދެ ފަރާތުން އެއްބަސްވާނަމަ، އިތުރު އެއް އަހަރު ކޮންޓްރެކްޓަށް އިތުރު ކުރެވޭނެ މާއްދާއެއް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.
ފްރާންސުގެ ޓްރޮއީސް އިން 2019 ވަނަ އަހަރު ބްރެންޓްފޯޑާއި ގުޅުނު އެމްބުއޭމޯ ވަނީ އެޓީމަށް 242 މެޗު ކުޅެ 70 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގައި ކުޅުނު 38 މެޗުގައި ކާމިޔާބުކުރި 20 ލަނޑު ވެސް ހިމެނެއެވެ.
މިއީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ސޮއި ހޯދި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެޓީމުން ވަނީ ވުލްވްސްގެ ބްްރެޒިލް ފޯވާޑްް މެތިއުސް ކުންޔާގެ ސޮއި ހޯދާފައެވެ. އަދި މިދެކުޅުންތެރިންގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ޔުނައިޓެޑުން 150 މިލިއަން ޕައުންޑް ދެއްކުމަށް ވަނީ އެއްބަސްވެފައެވެ.