
--
ނ ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓު ލިންކު، އާރްޓީއެލް ބަހުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވި މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށަށް މިއަދު ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
އަދި މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމަށްފަހު ރައީސް އާއި ރައީސްގެ އަރިހުގައި އެރަށަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން އެރަށުގައި ދަތުރުކުރެއްވީ އާރްޓީއެލް ބަހުގައި އެވެ.
ކެނދިކުޅުދޫއަކި ބިން ބޮޑު ރަށަކަށް ވާއިރު އެރަށުގެ އެކި އަވަށްތަކުން ރަށުގެ މައި ސްކޫލަށް ދަތުރުކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނީ އެރަށުގެ ސްކޫލުގެ ފަރާތުން މީގެ ކުރީން އައީ ބަހުގެ ހިދުމަތް ދެމުންނެވެ. ނަމަވެސް ސަރުކާރުން މިއަދު އެރަށުގައި ބަހުގެ ހިދުމަތް ފަށާފައިވަނީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހަކާއިއެކުގައި އެވެ.
އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް ދިނުމުގައި އެހެން ރަށްތަކާއި ސިޓީތަކުގައިވެސް އަމަލުކުރާ ފަދައިން ސްކޫލް ދަރިވަރުންގެ އަތުން ފީއެއް ނުނަގާނެ ކަމަށެވެ.
އާރްޓީއެލްގެ ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ފަށާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން، ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އެގޮތުން މާލޭ ސަރަހައްދުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ޏ. ފުވައްމުލައް އަދި އައްޑޫގައި މި ހިދުމަތް އާރްޓީއެލުން މިހާރުވެސް ދަނީ ދެމުންނެވެ.
ގުޅުންހުރި

އާރްޓީއެލްގެ ސްޕީޑު ބާރު ފެރީތަކުން މުޅި ލާމު ގުޅުވާލައިފި

ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ޢަމަލީ މަސައްކަތް ފަށައިފި

.gif&w=3840&q=75)



