
މައްސަލަ ހައްލުކޮށް ކަރަންޓު ދޭން ފަށައިފިން، މިވަގުތު ނުދެވި ހުރީ އައްޑޫގެ 6 ސަރަހައްދަކަށް އެކަނި - ފެނަކަ
# ފެނަކަ ކޯޕަރޭޝަން-
އައްޑޫގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އައްޑޫ ސިޓީގެ ޖެނެރޭޓަރަކަށް ދިމާވި މައްސަލައާއި ގުޅިގެން އެ ސީޓިގައި ދެމުން ގެންދާ ކަރަންޓު ހިދުމުގަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
އަދި އެމައްސަލަ ދިމާވުމާއިއެކު ކުންފުނިން ކުރި މަސައްކަތުން މިހާރު ވަނީ ކަރަންޓުގެ ހިދުމަތް ދިނުން އަލުން ފަށާފައި ކަމަށްވެސް ފެނަކައިން ވަނީ ބުނެފައި އެވެ. އެގޮތުން މި ވަގުތު އައްޑޫ ސިޓީގެ 6 ސަރަހައްދެއް ފިޔަވަހި އެހެން ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ދޭން ފެށިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
އައްޑޫއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އައްޑޫގެ މެގަ ޕަވާހައުސްއެއް ތަރައްޤީކުރުމަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި 32 މެގަވޯޓުގެ އިންޖީނުގެ ޤާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ.
އަދި ގަނަރޭޓަރުތަކަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށްވެސް މެދުކެނޑުމެއްނެތި އެކުންފުނީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މިހާރުގެ މެނޭޖްމެންޓުން ކޮރަޕްޝަނެއް ނުހިންގާ، އޮޑިޓުން ފާހަގަވި ކަންކަމާއި ގުޅިގެން އިސްލާހި ފިޔަވަޅުތައް އަޅަން ފަށައިފި - ފެނަކަ
ފެނަކައަށް ހަދާލީ ވަރަށް ދެރަގޮތެއް، ހިޔާނާތުގެ ތަހުގީގު އަވަސްކުރަން އަންގައިފިން - ރައީސް

އައްޑޫއިން ރޭ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނުގެ ކޭބަނަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި
