logoEN
Sto top
މިހާރުގެ މެނޭޖްމެންޓުން ކޮރަޕްޝަނެއް ނުހިންގާ، އޮޑިޓުން ފާހަގަވި ކަންކަމާއި ގުޅިގެން އިސްލާހި ފިޔަވަޅުތައް އަޅަން ފަށައިފި - ފެނަކަ

މިހާރުގެ މެނޭޖްމެންޓުން ކޮރަޕްޝަނެއް ނުހިންގާ، އޮޑިޓުން ފާހަގަވި ކަންކަމާއި ގުޅިގެން އިސްލާހި ފިޔަވަޅުތައް އަޅަން ފަށައިފި - ފެނަކަ

އަހުމަދު ޝުރާއު

logo

9/30/2025, 3:43:04 PM

# ފެނަކަ ކޯޕަރޭޝަން

-

ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުގެ ތެރެއިން ކޮށްފައިވާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އޮޑިޓް ރިޕޯޓުން ފާހަގަވުމާއި ގުޅިގެން އެކަންކަަން ތަކުރާރުވިޔަ ނުދިނުމަށް އެކުންފުނީން އިސްލާހީ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

Wamco

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓު ފޯރުކޮށްދިނުމުގެ މުހިންމު މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އަދި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ޕަބްލިކް ޔޫޓިލިޓީއެއްގެ ހައިސިއްޔަތުން ފެނަކަ ކޯޕަރޭޝަން ލިިމިޓެޑާއި ގުޅޭގޮތުން ދާދި ފަހުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިހާރުވެސް މަސައްކަރް ފަށާފައިވައިވާ ކަމަށެވެ.

އެގޮތުން މި އިސްލާހި ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫޅުތަކާއި ކުންފުނީން ހިންގާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި އެކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި އިތުރު މޮނިޓަރިންގ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ އޮނިގަނޑު ހަރަދަނާކުރުމަށާއި ސްޓޭކްހޯލްޑަރުންނާއި މުއާމަލާތްކުރުމުގެ ނިޒާމު ވަރުގަދަކުރުމަށާއި ރިޕޯޓުކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާކުރުަށްޓަކައި ކުންފުނިން ކުރެވުން ހުރި އެންމެހައި ކަންކަން ދެނެގަނެ އެމަސައްކަތްވެސް ކުރިޔަށްދާކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.

ފެނަކައިން އިތުރަށް ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރުމުގެ އެންމެ އަސާސީ އެއް ފިޔަވަޅަކީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާވެފައިވާކަން ސާބިތުވެ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުންކަމުގައިވާތީ އެފަދަ ފަރާތްތަކުގެ މައްސަލަތައް ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅޭނެ ކަމަށެވެ.

ބަޔާން ނިންމާލަމުން އެކުންފުނީން ބުނެފައިވަނީ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ކުންފުނި ހިންގަމުންދަނީ ކަނޑައެޅިފައިވާ ގާނޫނޫތަކާއި ގަވާއިދުތަކާއި އަދި ކުންފުނީގެ އެކުލަވާލެވިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި މި އުސޫލުތަކާއި ބޭރުން އެއްވެސް އަމަލެއް ނުހިންގޭނެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC