ފެނަކައަށް ހަދާލީ ވަރަށް ދެރަގޮތެއް، ހިޔާނާތުގެ ތަހުގީގު އަވަސްކުރަން އަންގައިފިން - ރައީސް
# ރައީސް މުއިއްޒު# ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުގީގު އަވަސްކުރުމަށް ކަމާބެހޭ އިދާރާތަަކަށް އަންގާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުންގެ ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ތ. ތިމަރަފުއްޓަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ފެނަކައިގެ ހިޔާނާތަށް ރައީސް އަލިއަޅުއްވާލައްވާފައިމިވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ފެނަކަ ހިންގާފައިވާ ގޮތާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަކުން އެތިން އަހަރުގެ ތެރޭގައި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަލެއްގައި އެވެ. އެގޮތުން އެކުންފުނީން ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި އުސޫލުން ބޭރުން ކަން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފައި އެވެ.
މި މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށްވާއެކު އެކުންފުންޏަށް ހަދާފައިވަނީ "ވަރަށް ހިތާމަވެރި" ގޮތެއް ކަމަށެވެ. އެގޮތުން އެތައް ސަތޭކަ ރުފިޔާގެ ވައްކަން ކޮށްފައިވާކަން އެރިޕޯޓުން ހާމަވެގެން ގޮސްފައިވާ ކަމަށާއި މި މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކުރަން މިހާރު ފަށާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އޭސީސީއާއި ޕީޖީ އޮފީހަށް އަންގަވާފައިވާކަންވެސް ރައީސް ހާމަކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާ، އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގައި ވިދާޅުވެފައި އެވެ. އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް، ޢަމަލުކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ޢަދުލުވެރި ގޮތަށް ކަމަށާ، ސިޔާސީ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި މިހާރު ފުރިހަމަ މިނިވަންކަން ދެވިފައި އޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
ފީވަކު ކައުންސިލުން ރައީސްގެ އަރިހުގައި އެދުނީ ޞިއްޙީ މަރުކަޒުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެ ގޮތް ހައްދަވައިދެއްވުމަށް!
ފޭދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ތިންބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ރައީސްގެ ޝުކުރު ސިއްހީ ހިދުމަތްތެރީންނަށް!
