logoEN
Sto top
މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 29 ގައި!

މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 29 ގައި!

އަހުމަދު ޝުރާއު

logo

7/21/2025, 8:32:35 AM

# މާލެ ސިޓީ ކައުންސިލް

-

ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުން، ޖުލައި 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

Wamco

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 29 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގައިއެވެ.

މޭޔަރު ޢާޒިމް ވިދާޅުވީ، މި ބައްދަލުވުމަކީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންފުޅުވާ ޚިޔާލުތަކަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއް ކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ މި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މޭޔަރ ޢާޒިމް ވަނީ، ވީހައި ވެސް ގިނަ ރައްޔިތުން، މި ބައްދަލުވުމަށް ވަޑައިގެން، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި ދެމުންދަ ޚިދުމަތާ މެދު، އެ ބޭފުޅުންގެ، ބިނާކުރަނިވި ޚިޔާލު ހުށަހެޅުމަށް ދަޢުވަތު އަރުވާފައެވެ.

ރައްޔިތުން ހުށަހަޅުއްވާ، ބިނާކުރަނިވި ޚިޔާލު ވެގެންދާނީ، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވުމަށް ލިބިގެންދާނެ ބާރެއްކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC