logoEN
Sto top
އެމްޑީޕީގެ ޕީޖީ މެމްބަރުން ގަވަރުނަރު ހޯދަން  މަރުކަޒީ ބޭންކުގައި!

އެމްޑީޕީގެ ޕީޖީ މެމްބަރުން ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި!

އަހުމަދު ޝުރާއު

logo

7/21/2025, 6:58:41 AM

# އެމްޑީޕީ

-

އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ގަވަރުނަރު އަހުމަދު މުނައްވަރުއާއި ބައްދަލުކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ގޮސްފި އެވެ.

Wamco

އެމްޑީޕީން މިއަދު ބުނީ ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީން މިހާރު ތިބީ މަރުކަޒީ ބޭންކުގައި ކަމަށެވެ.

އެގޮތުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ 12 މެމްބަރުން އެމްއެމްއޭގައި ތިބި ފޮޓޯއެއްވެސް އެމްޑީޕީއިން ވަނީ އާންމުކޮށްފައި އެވެ.

އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ ގަވަރުނަރު އަހުމަދު މުނައްވަރު އާއި ބައްދަލުކުރެއްވުމަށް އެމްއެމްއޭއަށް ސިޓީއެއް ފޮނުވާފައިއެވެ. ނަމަވެސް އެސިޓިއަށް އެމްއެމްއޭއިން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ.

އަދި ޑޮލަރުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު "ހަނު" ހުންނަވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ މުނައްވަރަށް ބޮޑެތި ފާޑިއުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC