logoEN
Sto top
މާފަރު ރައްޔިތުން ބޭނުންވި ގޮތަށް ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުއަށް ބަދަލު ގެންނަނީ

މާފަރު ރައްޔިތުން ބޭނުންވި ގޮތަށް ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުއަށް ބަދަލު ގެންނަނީ

އަހުމަދު ޝުރާއު

logo

7/21/2025, 6:07:26 AM

# ނ މާފަރު

-

ނ މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއަށް ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Wamco

މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވާފައި އެވެ.

އެބައްދަލުކުރެއްވުމަށްފަހު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާފަރަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ރަނގަޅު ސިިއްހީ ނިޒާމެއް ކަމަށާއި ރޭ ސޮއިކުރެވުނު މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން މަޝްރޫއުއަށް ގެންނަން ރައްޔިތުން ހުށަހެޅި ބަދަލުތަކުގެ ތެރޭގައި އިތުރު 15 އެނދު އިތުރުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި އެމަރުކަޒު ތަރައްޤީކުރުން ހިމެނޭ ކަމަށާއި އެހެން ކަމުން ރައްޔިތުން ބޭނުންވާ ބަދަލުތަކާއި އެކު އެގްރިމެންޓުގައި އަލުން ސޮއިކުރުމަށް ހެލްތު މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ބޭނުންވާ ބަދަލުތަކާއި އެކު އަންނަ ބުރާސްފަތި ދުވަހުގެ ކުރީން އަލުން އެގްރިމެންޓުގައި ސޮއިކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

ސަރުކާރުން މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއިއެވެ. އެގޮތުން ރޭ އެމަޝްރޫއު ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް 10،900،000.93 ރުފިޔާއަށެވެ. އެއަގުގައި ކުރުމަށް ހަވާލުކުރި މަސައްކަތްތަކަކީ އި 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯއެއްގެ މަސައްކަތެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC