
--
ނ.މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަނާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ،އެވެ.އަދި މިއެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދުއެވެ.
450 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ އަގަކީ 10،900،000.93 ރުފިޔާއެވެ.
މި ޕްރޮޖެޓްގެ ދަށުން މާފަރު ޞިއްޙީމަރުކަޒު ގައި 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯ ޤާއިމްކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީންވަނީ ބުނެފައި އެވެ.
ގުޅުންހުރި

ނ.މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގައި ސިފައިން އެހީތެރިވެއްޖެ

މާފަރުގައި އަލަށް ތަރައްގީކުރި ކަސްޓަމްސްގެ އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު

މާފަރު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި




