logoEN
Sto top
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ ބަލިކޮށް ލަންކާ ޓީމުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި

ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ ބަލިކޮށް ލަންކާ ޓީމުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި

ހަސަން ޝަމްއޫން

logo

7/20/2025, 1:08:45 AM

# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025

ޑީއެސްސީ އާއި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި ރޭ ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) 3-1 ގެ ނަތީޖާއަކުން ބަލިކޮށް ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

Wamco

މުބާރާތުގައި ލަންކާ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކަޒަކިސްތާންގެ ޒައިކް ވީސީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން ވެސް އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ޑީއެސްސީގެ ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އަތުން އެޓީމު ބަލިވި ސީދާ ތިން ސެޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެ ސެޓް 20-25 އަދި 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލަނޑާ ޓީމުންނެވެ. ނަމަވެސް ޖެހިގެންއައި ތިންވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ޑީއެސްސީ ކާމިޔާބުކުރި ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓް 23-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަންކާގެ ޕޯޓްސް އޮތޯރެޓީ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ލަންކާ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑީއެސްސީ ކުޅުނު ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside