logoEN
Sto top
ކާވާ ޗެންޕިއަންސް ލީގު 2025: ސީދާ 3 ސެޓުން ޑީއެސްސީ ބަލިކޮށް ބިޝްކެކް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ކާވާ ޗެންޕިއަންސް ލީގު 2025: ސީދާ 3 ސެޓުން ޑީއެސްސީ ބަލިކޮށް ބިޝްކެކް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

7/21/2025, 1:34:32 PM

# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025

ޑީއެސްސީ އާއި ބިޝްކެކް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ސީދާ ތިން ސެޓުން ބަލިކޮށް ކިރްގިސްތާނުގެ ބިޝްކެކް އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އަތުން އެޓީމު ބަލިވި ސީދާ ތިން ސެޓުންނެވެ. އަދި ލީގުބުރުގެ ތިންވަނަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން ޑީއެސްސީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ކިރްގިސްތާނުގެ ބިޝްކެކް ކުޅުނު ފުރަތަމަ މެޗުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ސީދާ ތިން ސެޓުން މޮޅުވިއިރު، ދެވަނަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ލީގުބުރުގެ ތިންވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން ބިޝްކެކް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ދެ ޕޮއިންޓްގެ ލީޑަކާއެކު 23-25 ގެ ނަތީޖާއަކުން ބިޝްކެކް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ބިޝްކެކް އިން ކާމިޔާބުކުރީ 25-27 ގެ ނަތީޖާއަކުންނެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 11 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނައިގައި ބިޝްކެކް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޑީއެސްސީ އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC