logoEN
Sto top
ކާވާ ޗެންޕިއަންސް ލީގު: އެޗްޑީސީ އަތުން ޒައިކަށް ފަސޭހަ މޮޅެއް

ކާވާ ޗެންޕިއަންސް ލީގު: އެޗްޑީސީ އަތުން ޒައިކަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

7/19/2025, 1:36:22 PM

# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025

އެޗްޑީސީ އާއި ޒައިކް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ރާއްޖޭގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަލިކޮށް ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގައި އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންްނެވެ. އަދި ޒައިކްގެ ފުރަތަމަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށްފައެވެ.

މުޅި މެޗުގައި ވެސް ޒައިކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 11-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 22-25 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ޒައިކްގެ އެޓޭކުތައް އެޓީމުން އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 13-25 ގެ ނަތީޖާއަކުންނެވެ. އަދި މިނަތީޖާއެކު ކުޅުނު މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޒައިކް އޮތްއިރު، މިމެޗުން ބަލިވި އެޗްޑީސީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside