
ކާވާ ޗެންޕިއަންސް ލީގު: ވާދަވެރި ކުޅުމަކަށްފަހު ބިޝްކެކް އިން ހެލްޕް ނޭޕާލް އެސްސީ ބަލިކޮށްފި
# ކާވާ މެންސް ޗެންޕިއަންސް ލީގު 2025# ދިވެހި ކުޅިވަރުކިރްގިސްތާނުގެ ބިޝްކެކް އާއި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކާވާ
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު މެންދުރު ކުޅުނު މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އާއި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ބިޝްކެކް އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަތުން މޮޅުވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަލިކޮށްފައެވެ. އަދި ބިޝްކެކް ކުޅުނު ފުރަތަމަ މެޗުގައި އެޗްޑީސީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު ދެވަނަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިޝްކެކް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 26-28 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަންކާ ޓީމުން ވަނީ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.
ނަމަވެސް ޖެހިގެންއައި ހަތަރުވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިޝްކެކް އިންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި ލަންކާ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މި ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 17-25 ގެ ނަތީޖާއަކުންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 11-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބިޝްކެކް އިން ވަނީ ތިން ސެޓް ދެސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ބިޝްކެކްއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކުޅުނު ތިން މެޗުން އެޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.
ގުޅުންހުރި
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ ބަލިކޮށް ލަންކާ ޓީމުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި
ކާވާ ޗެންޕިއަންސް ލީގު: އެޗްޑީސީ އަތުން ޒައިކަށް ފަސޭހަ މޮޅެއް
