logoEN
Sto top
ހުޅުމާލެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން މާދަމާ ހެނދުނު ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ހުޅުމާލެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން މާދަމާ ހެނދުނު ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

7/18/2025, 5:45:18 PM

# ސްޓެލްކޯ

-

ކޮންމެހެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް މާދަމާ ހުޅުމާލެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ހިޔާ ޓަވަރު 9 އިން 16 ވަނަ ޓަވަރާއި ދެމެދުގައި ހުރި ޓަވަރުތަކުންނާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީ ، އެސްޓީއޯ އަދި އެމްއޭސީއެލްގެ ހިޔާ ޓަވަރުތަކުން މާދަމާ ހެނދުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެގޮތުން އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ އަޕްގްރޭޑިންގ މަސައްކަތަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ހެނދުނު 06:00 އާއި 06:15 ގެ ދެމެދުގެ ވަގުތެއްގައި ކުޑަވަގުތުކޮޅަކަށެވެ.

ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ.

އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside